ހަނގުރާމައިން މޮޅުނުވާތީ ޓްރަމްޕް ރުޅިގަދަވެ ހޮރްމޫޒް ބްލޮކް ކުރާނެކަމުގެ އިންޒާރުދީފި
އީރާނާއެކު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވެ، ހަނގުރާމައިން މިހާތަނަށް އީރާނުގެ މައްޗަށް ކުރި ހޯދިފައި ނުވާތީއާއިއެކު، އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިން ލިބޭ ގެއްލުންތައް ފޮރުވަން ހުއްޓައިނުލައި އަނގަތަޅަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮރްމޫޒް ކަނޑުއޮޅިން ވަދެނިކުމެވާ ހުރިހާ އުޅަނދެއް އެމެރިކާއިން ހުއްޓުވާނެކަމަށްބުނެ އިންޒާރުދީފިއެވެ. ޓްރަމްޕްގެ “ޓްރޫތް ސޯޝަލް” މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަނޑުއޮޅި ބަންދުކުރުމުގެ މަސައްކ...