އޭނާ އެހެން ބުންޏަސް އަހަންނަކީ ރޭޕިސްޓެއް، ޖިންސީ ގޯނާކުރާ މީހެއް، އަދި ޚާއިނެއް ނޫން: ޓްރަމްޕް
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން (ޑަބްލިޔުއެޗްސީއޭ) ގެ ފަރާތުން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅަށް ހަމަލާދިން މީހާގެ މެނިފެސްޓޯގައި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ”ރޭޕިސްޓެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހެއް، އަދި ޚާއިނެއް” ކަމަށް ބުނެފައިވާތީ އޭނާ އަކީ މައުސޫމް މީހެއްކަމަށް ބުނެ ޓްރަމްޕް އެވާހަކަތައް ދޮގުކޮށްފިއެވެ. ސީ.ބީ.އެސް ނިއުސްގެ ’60 މިނިޓްސް’ ޕްރޮގްރާމުގައި ނޯރާ އޯޑޮނަލްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އެ މެނިފެސްޓޯގައި އޭނާއާ މެދު ބޭނުންކޮށްފައިވާ ލަފުޒުތައް ދޮގުކޮށް...