Skip to main content
Topic Archive

#އެމެރިކާ

322 Stories filed
ފެންގަނޑެއްގެ ކުލަ ބަދަލުކުރުމަށް ޓްރަމްޕް 6.9 މިލިއަން ޑޮލަރު ޚަރަދުކޮށްފި
International

ފެންގަނޑެއްގެ ކުލަ ބަދަލުކުރުމަށް ޓްރަމްޕް 6.9 މިލިއަން ޑޮލަރު ޚަރަދުކޮށްފި

އެމެރިކާގެ ވެރިރަށް ވޮޝިންގޓަންގައި ހުންނަ އެންމެ ތާރީޚީ އަދި މަޝްހޫރު އެއް ބިނާ ކަމަށްވާ ލިންކަން މެމޯރިއަލްގެ ކުރިމަތީގައި އޮންނަ “ރިފްލެކްޓިންގ ޕޫލް” ނުވަތަ ފެންގަނޑުގެ ކުލަ ބަދަލުކުރުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި ޚަރަދުތަކާއި އެ މަސައްކަތް ހަވާލުކުރި ގޮތާ މެދު ސިޔާސީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ. މި މަޝްރޫޢަކީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބަތަށް ތައްޔާރުވުމުގެ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ވަރަށް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައ...

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ
International

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ

އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ގައި އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރޫތު ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ މަންދޫބުން ފޮނުވި ޖަވާބު ކިޔުއްވާފައިވާ ކަމަށާއި، އެ ޖަވާބު ކަމުނުދާ ކަމަށެވެ. “އީރާނުގެ މަންދޫބުން ކަމަށް ބުނާ ފަރާތްތަކ...

ސައޫދީ އާއި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދީފި
International

ސައޫދީ އާއި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދީފި

ސައުދީ އަރަބިއްޔާއާއި ކުވައިތުގެ ވައިގެ ސަރަޙައްދާއި އެ ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާގެ ސިފައިންނަށް ހުއްދަ ދީފިއެވެ. މި ނިންމުމާއެކު، ހޯމްރޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިމާޔަތް ދިނުމަށްކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ “ޕްރޮޖެކްޓް ފްރީޑަމް” އަލުން ފެށުމަށް ވަނީ މަގުފަހިވެފައެވެ. މި ހަފުތާގެ ކުރީކޮޅު ސައުދީ އަރަބިއްޔާއާއި ކުވައިތުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުން ހަނިކޮށްފައެވެ....

ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއާއި އީރާނުން ހަމަލާތަކެއް ބަދަލުކޮށްފި
International

ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއާއި އީރާނުން ހަމަލާތަކެއް ބަދަލުކޮށްފި

ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ބުރާސްފަތި ދުވަހު އެމެރިކާއާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން މިހާރު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ‘ޓްރުތް ސޯޝަލް’ ގައި ވިދާޅުވީ މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ އަސްކަރީ ތިން މަނަވަރެއް އެ ސަރަހައްދުން ދަތުރުކުރަ...

ހޮރްމޫޒް ބަންދުކުރި ނަމަވެސް މަސްތަކެއް ވަންދެން މެނޭޖްކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރި: ރިޕޯޓު
International

ހޮރްމޫޒް ބަންދުކުރި ނަމަވެސް މަސްތަކެއް ވަންދެން މެނޭޖްކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރި: ރިޕޯޓު

އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން ދެމުންދާ ހަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް، އިގްތިސާދީ ގޮތުން ބޮޑު ހީނަރުކަމެއް އައުމުގެ ކުރިން މަދުވެގެން ތިނެއް ނުވަތަ ހަތަރު މަސް ދުވަހު މެނޭޖްކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރިކަމަށް އެމެރިކާގެ ސީ.އައި.އޭ އިން ތައްޔާރުކޮށް މި ހަފްތާގައި އެމެރިކާގެ ސަރުކާރުގެ އިސްވެރިންނަށް ހުށަހެޅި ސިއްރު ރިޕޯޓެއްގައި ބުނެފިއެވެ. ”ވޮޝިންޓަން ޕޯސްޓް” މި ޚަބަރު ރިޕޯޓްކުރަމުން ބުނެފައި ވަނީ މި ހޯދުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ނިމުމަކަށ...

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާ ފެށި އޮޕަރޭޝަން ހުއްޓާލުމުގެ ފަހަތުގައި ސައޫދީގެ ބޮޑު ނުރުހުން
International

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާ ފެށި އޮޕަރޭޝަން ހުއްޓާލުމުގެ ފަހަތުގައި ސައޫދީގެ ބޮޑު ނުރުހުން

އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވި “ޕްރޮޖެކްޓް ފްރީޑަމް” ކުއްލި ގޮތަކަށް މެދުކަނޑާލީ ސައޫދީ އަރަބިއްޔާގެ ބޮޑު ނުރުހުމެއް ކުރިމަތިވެގެންކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި މަސައްކަތް ހުއްޓާލަން ޖެހުނީ ސައޫދީ ހިމެނޭހެން ގަލްފުގެ ބައެއް ގައުމުތަކާ ދުރާލާ މަޝްވަރާ ނުކޮށް މިކަން އިޢުލާނު ކުރުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އާދީއްތަ ދުވަހުގެ މެންދުރުފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ޓ...

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ހަމައަށް އެމެރިކާ އާއި އީރާނަށް ވަނީ ދެވިފައި: ރިޕޯޓް
International

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ހަމައަށް އެމެރިކާ އާއި އީރާނަށް ވަނީ ދެވިފައި: ރިޕޯޓް

އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށުމުން މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއް ސަފުހާގެ މެމޮރެންޑަމެއްގައި ސޮއިކުރުމާ ހަމައަށް ދެ ގައުމުން ދެވިފައިވާކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ މަސްދަރުތަކުންނާއި މިކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި ހަވާލާދީ ”ރޮއިޓާސް” އިން ބުނެފިއެވެ. ”ރޮއިޓާސް” އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ”އެކްސިއޯސް” ނިއުސް އިން އެންމެ ފުރަތަމަ ރިޕޯޓުކުރި މި މެމޮރެންޑަމްގައި 14 ނުކުތާއެއް ހިމެނެއެވެ. މީގެ ތެރޭގައ...

ފިލިޕީންސްގެ ރައްޔިތުންގެ ހިތުގައި ޓްރަމްޕާއި ނަތަންޔާހޫ އަށް އޮތް ނުރުހުން ދައްކާލައިފި
International

ފިލިޕީންސްގެ ރައްޔިތުންގެ ހިތުގައި ޓްރަމްޕާއި ނަތަންޔާހޫ އަށް އޮތް ނުރުހުން ދައްކާލައިފި

ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި މޭޑޭގެ މުޒާހަރާތަކުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރގެ ސިފަ ދައްކުވައިދޭ ބޮޑު ބުދެއްގައި ހުޅުޖަހައި އަންދާލައިފިއެވެ.\ 2026 މޭ 1 ވީ ހުކުރު ދުވަހު ކުރިއަށްދިޔަ މި ހަރަކާތަކީ އެ ގައުމުގެ އިގްތިސާދީ ދަތިތަކާއި ދުނިޔޭގެ ސިޔާސީ މަސްލަހަތުތަކާ ހުރި ގުޅުން ހާމަކުރުމަށް އެކްޓިވިސްޓުން ކުރިއަށްގެންދިޔަ ރަމްޒީ އިހުތިޖާޖެކެވެ. “ތިން ބޯލީ މޮންސްޓަރ” ބުދު މުޒާހަރ...

އީރާނުން އެމެރިކާގެ 16 އަސްކަރީ މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި: ރިޕޯޓު
International

އީރާނުން އެމެރިކާގެ 16 އަސްކަރީ މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި: ރިޕޯޓު

އީރާނާއި އެމެރިކާއާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، މެދުއިރުމަތީގެ އަށް ގައުމެއްގައި ހުރި އެމެރިކާގެ 16 އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ”ސީއެންއެން” އިން ކުރި މިނިވަން ތަހުގީގަކުން ހާމަވެއްޖެއެވެ. ”ސީއެންއެން” އެއްކުރި ސެޓެލައިޓް ފޮޓޯތަކެއް ދިރާސާކުރުމަށްފަހު އެ ނޫހުން ރިޕޯޓްގައިވާގޮތުން އީރާނުގެ މި ހަމަލާތައް އަމާޒުވެފައި ވަނީ ކުވެއިތު، ބަހްރޭން، ޔޫއޭއީ، ސައުދީ އަރަބިއްޔާ، އުރުދުން އަދި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. ސީއެންއެންގެ ރިޕޯޓުގައިވާ...

އީރާނާއި ދެކޮޅު ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމުން ޓްރަމްޕް ސަރުކާރުން ރެކިއްޖެ
International

އީރާނާއި ދެކޮޅު ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމުން ޓްރަމްޕް ސަރުކާރުން ރެކިއްޖެ

އެޕްރީލް މަހުގެ ކުރީކޮޅު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު، އީރާނާއި ދެކޮޅަށްކުރި ހަނގުރާމަ މިހާރު ރަސްމީކޮށް ނިމިފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ކޮންގްރެސްއަށް އަންގައިފިއެވެ. ޓްރަމްޕް ސަރުކާރުގެ މި ނިންމުމަކީ، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭ ގާނޫނީ މަޖުބޫރުކަމުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ބުރާސްފަތި ދުވަހު ސެ...

އެމެރިކާއިން އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
International

އެމެރިކާއިން އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނަށް ހަމަލާތައް އަލުން ފަށައިފިނަމަ، އެމެރިކާގެ މަގާމުތަކަށް “ދިގުދެމިގެންދާ އަދި ވަރުގަދަ ހަމަލާތަކެއް” ދޭނެ ކަމުގެ އިންޒާރު އީރާނުން ބުރާސްފަތި ދުވަހު ދީފިއެވެ. މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅި އޮތީ އީރާނުގެ ބާރުގެ ދަށުގައި ކަމަށް ބުނާ ބުނުން ތަކުރާރުކޮށް، އެ ސަރަހައްދު ހުޅުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އީރާނުން ވަނީ ހުރަސްއަޅާފައެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދެ މަސް ފާއިތުވެފައިވާއިރު، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިން...

އީރާނު ހަނގުރާމައަށް ފޮނުވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު އަނބުރާ އެމެރިކާއަށް ގެންދަނީ
International

އީރާނު ހަނގުރާމައަށް ފޮނުވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު އަނބުރާ އެމެރިކާއަށް ގެންދަނީ

އީރާނާއި ދެކޮޅު ހަނގުރާމައަށް އެމެރިކާއިން ފޮނުވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ”ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް” އަނބުރާ ގައުމަށް ގެންދަން ނިންމައި، އެ މަނަވަރު މެދުއިރުމަތި ދޫކޮށް އެނބުރި ގައުމަށް ދިއުމަށް ފުރަން ތައްޔާރުވަމުން އަންނަކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ 10 މަސްދުވަހު އެ މަނަވަރުގައި މަސައްކަތްކުރި 4،500 އެއްހާ ފަޅުވެރިންނަށް ލިބޭނެ ބޮޑު ލުޔެއް ނަމަވެސް، މިއީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވާ ދަނ...

ފޯނު މެދުވެރިކޮށް އީރާނާއި މަޝްވަރާކުރެވޭގޮތްވެއްޖެ: ޓްރަމްޕް
International

ފޯނު މެދުވެރިކޮށް އީރާނާއި މަޝްވަރާކުރެވޭގޮތްވެއްޖެ: ޓްރަމްޕް

ފޯނުގެ ޒަރީރާއިން އީރާނާއެކު ދާއިމީ ސުލްހައިގެ ވާހަކަތައް ދެކެވޭގޮތް ވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ބުނެފިއެވެ. އީރާނުން ވަނީ އެމެރިކާ އާއި ސީދާ ބައްދަލުކޮށް ފޭސްޓް ފޭސް މަޝްވަރާތަކަށް ދެކޮޅު ހަދާފައެވެ. އެހެންވެ ފޯނުން ވެސް މަޝްވަރާ ކުރެވިދާނެކަމަށް ޓްރަމްޕް އޮތީ ކުރިން ބުނެފައެވެ. ބުދަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިހާރު އީރާނާއެކު ފޯނުން މަޝްވަރާ ކުރެވޭގޮތް ވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ކުރިއަށްދާ މަޝްވަރާތައް […]

ޓްރަމްޕްގެ ހުދުމުހުތާރުކަމަށް އައު ބޮޅެއް، އެމެރިކާގެ ޕާސްޕޯޓްގައި އޭނާގެ ފޮޓޯ ހިމަނަނީ
International

ޓްރަމްޕްގެ ހުދުމުހުތާރުކަމަށް އައު ބޮޅެއް، އެމެރިކާގެ ޕާސްޕޯޓްގައި އޭނާގެ ފޮޓޯ ހިމަނަނީ

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ޚާއްޞަ ލިމިޓެޑް އެޑިޝަން ޕާސްޕޯޓްތަކެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނުމަށް ނިންމާފައިވާކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފިއެވެ. ފޮކްސް ނިއުސްއިން ފުރަތަމަ ރިޕޯޓްކުރި މި ޚަބަރާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލަކު ”ބީބީސީ” އަށާއި ”ދަ ގާޑިއަން” ފަދަ ނޫސްތަކަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވާގޮތުގައި، މި ޕާސްޕޯޓްތައް ދޫކުރާނީ އަންނަ ޖުލައި މަހު ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ އިޙްތިފާ...

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާ އަތުން 25 ބިލިއަން ޑޮލަރު ހޭދަވެއްޖެ
International

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާ އަތުން 25 ބިލިއަން ޑޮލަރު ހޭދަވެއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޕެންޓަގަނުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރީ ބުދަ ދުވަހު ހައުސް ކޮމިޓީގައި ވާހަކަދައްމުން ޕެންޓަގަނުގެ އެކްޓިންގ ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ޑަބްލިއު ހަރސްޓް އެވެ. ހަރސްޓް ބުނި ގޮތުގައި މި ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ ހަތިޔާރާއި ގޮވާތަކެއްޗަށް ކުރި ޚަރަދުތަކެވެ. މީގެ އިތުރުން އޮޕަރޭޝަންތަކާއި، މަރާމާތު ކުރުމާއި، އަދި ހަލާކުވާ ހަތިޔާރުތަކުގެ ބަދ...