އަމިއްލަ ޕާޓީގެ މެމްބަރުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ބޮޑުތަނުން ދަށަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ތާއީދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ހެދި ސާވޭއަކުން ހާމަވެއްޖެއެވެ. ގައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ މި ދިރާސާގެ ނަތީޖާތަކަށް ބަލާއިރު، ޓްރަމްޕަށް އޮތް ތާއީދަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ސްޓްރީޓް ޖާނަލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހު ޓްރަމްޕަށް “ވަރަށް ބޮޑަށް ތާއީދުކުރާ” ކަމަށް ބުނި ރިޕަބްލިކަން މެންބަ...