ސިޓީގެ ދަނޑުގައި ބްރައިޓަން އިން ހޯދި ތާރީޚީ މޮޅާއެކު، ލީގުގެ ފޯރިގަދަވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ބްރައިޓަން އިން ހޮނިހިރު ދުވަހު ހައިރާންކުރަނިވި މޮޅެއް ހޯދައިފިއެވެ. މިއީ ލީގުގައި ސިޓީ ވިދިވިދިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ބްރައިޓަން އިން ވަނީ ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ބްރައިޓަން އިން ސިޓީގެ ދަނޑުގައި މޮޅެއް ހޯދުމަށް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް މި ގެނައީ އެ […]