Skip to main content
Topic Archive

#އިނގިރޭސި ޕްރިމިއާ ލީގު

68 Stories filed
ޗެލްސީ ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި
Sports

ޗެލްސީ ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އާސެނަލްއާއި ސިޓީއާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 17 މެޗުން ލިބުނު 44 ޕޮއިންޓާއި އެކުގައެވެ. ސިޓީ ދެވަނާގައި އޮތީ 17 މެޗުން ލިބުނު […]

ނޮޓިންހަމް ފޮރެސްޓް އަތުން ޗެލްސީއަށް ޕޮއިންޓެއް
Sports

ނޮޓިންހަމް ފޮރެސްޓް އަތުން ޗެލްސީއަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. ރެލިގޭޝަން ޒޯނުގައި އޮތް ނަމަވެސް ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޗެލްސީންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

ބްރައިޓަން ބަލިކޮށް އާސެނަލް ހަމަޖެހިލައިފި
Sports

ބްރައިޓަން ބަލިކޮށް އާސެނަލް ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބްރައިޓަން ބައްދލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް ހަމަޖެހިލައިފިއެވެ. ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އެވަޓަން ރޭ ބައްދަލުކުރި މެޗު އެއްވަރުވުމުން މިހާރު ސިޓީއާއި އާސެނަލްއާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 16 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް ލިބިފައި ވަނީ 16 މެޗުން 36 ޕޮއިންޓެވެ. ބްރައިޓަންގެ […]

ބެންޗުން އަރައި ރަޝްފޯޑް ޖެހި ލަނޑުން ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވެއްޖެ
Sports

ބެންޗުން އަރައި ރަޝްފޯޑް ޖެހި ލަނޑުން ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑް މި މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވަނީ ޑިސިޕްލިނަރީ މައްސަލައަކާއި ގުޅިގެންނެވެ. ރަޝްފޯޑްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ގަނާޗޯއަށެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފަށް ރަޝްފޯޑް...

ހާލަންޑްގެ ލަނޑުތަކުން މޮޅުވެ ސިޓީ ދެވަނައަށް
Sports

ހާލަންޑްގެ ލަނޑުތަކުން މޮޅުވެ ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް އެ ޓީމަށް ލީޑްސްގެ ގޯލު ހުޅުވާލެވޭ ވަރުވީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. އޭނާ […]

ޗެލްސީއާއި ޔުނައިޓެޑަށް ވެސް މޮޅެއް
Sports

ޗެލްސީއާއި ޔުނައިޓެޑަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކައި […]

އާސެނަލް އެއްވަނާގައި ފަރަގު ބޮޑުކުރިއިރު، ލެސްޓާ ބަލިކޮށް ނިއުކާސަލް ދެވަނައަށް
Sports

އާސެނަލް އެއްވަނާގައި ފަރަގު ބޮޑުކުރިއިރު، ލެސްޓާ ބަލިކޮށް ނިއުކާސަލް ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓެ ހޭމް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލުން ފަރަގު ބޮޑުކުރިއިރު، ލެސްޓާ ސިޓީ ބަލިކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ނިއުކާސަލް ޖެހިލައިފިއެވެ. ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސްޓް ހޭމުންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ […]

ޗެލްސީ އަދި ލެސްޓާއަށް ވެސް ޕޮއިންޓެއް
Sports

ޗެލްސީ އަދި ލެސްޓާއަށް ވެސް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަދުވަހުގެ ރޭ ޗެލްސީ ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު ލެސްޓާ ސިޓީ ކުޅުނު މެޗު ވެސް އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މެޗު އެސްޓަންވިލާ އާއި ވާދަކޮށް އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ވިލާއިން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ […]