ހޮނިހިރު ބާޒާރު ތަރައްޤީކުރާނީ އަސްލު ނުގެއްލޭ ގޮތަށް: ރިލޭ
ކުޅުދުއްފުށި ސިޓީ ހޮނިހިރު ބާޒާރު ތަރައްޤީ ކުރަން ނިންމާފައިވަނީ ބާޒާރުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ސިޓީ ކައުންސިލް މެންބަރ ރިޟްވާން މުޙައްމަދު (ރިލޭ) ވިދާޅުވެއްޖެއެވެ. ރިލޭ މިހެން ވިދާޅުވީ ސިޓީ ކައުންސިލުން ހޮނިހިރު ބާޒާރު ތަރައްޤީކުރުމަށް ފަރާތެއް ހޯދުމަށްޓަކައި އާންމު ކޮށްފައިވާ އިއުލާނަކާއި ގުޅިގެންނެވެ. އެގޮތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އެތައް ބަޔަކަށް ފަސޭހަތަކެއް ގެނެސްދޭ މުހިންމު ތަނެއްކަމަށާއި މި ބާޒާރު ތަރައްޤީކުރުމަށް އެކި ދައުރުތަކުގައި ތަފާތު ގިނަ މަސައްކަތްތައް ކުރެވިފައި...