Skip to main content
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފެނަކަ އާއި ދެކޮޅަށް ދަޢުވާ ކުރަނީ
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފެނަކަ އާއި ދެކޮޅަށް ދަޢުވާ ކުރަނީ

ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، އެ ކުންފުންޏާ ދެކޮޅަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައެވެ. މި ނިންމުމާއި ގުޅިގެން ކުޅުދުއްފުުށީ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގ...

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ “ސްކޫލް ގްރާންޓް” ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރާއި ސްކޫލަތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ އިތުރުން ސިޓީ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މި ގްރާންޓްގެ ދަށުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހ...

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ: އާޠިފް
Thiladhunmathi News

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ: އާޠިފް

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ކައުންސިލްތަކާ އާންމު ރައްޔިތުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މި މަހު 24 އިން 26 އަށް މާލެ ސިޓީގައި ބޭއްވި ކައުންސިލް އެސޯސިއެޝަންގެ އަހަރީ އާންމު ކޮންފަރެންސް ނިންމާލުމަށްފަހު މޭޔަރ އާޠިފް ވިދާޅުވީ މި ކޮންފަރެންސްގައި ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ރާއްޖޭގެ ރައްޔިތުން އިތުރަށް ލާމަރުކަޒީ ނިޒާމުގެ ތެރެއަށް ބާރުވެރިކުރުވުމަށް ކުރެވިދާނ...

ހއ.އޭއީސީން ރެކޯޑް ދަމަހައްޓައި ޖެހިޖެހިގެން 3 ވަނަ އަހަރު ސްކޫލްތަކުގެ ފެތުމުގެ މުބާރާތުގެ 1 ވަނަ ހޯދައިފި
Thiladhunmathi News

ހއ.އޭއީސީން ރެކޯޑް ދަމަހައްޓައި ޖެހިޖެހިގެން 3 ވަނަ އަހަރު ސްކޫލްތަކުގެ ފެތުމުގެ މުބާރާތުގެ 1 ވަނަ ހޯދައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުމުގެ މުބާރަތުގެ 1 ވަނަ ހއ. އަތޮޅު އެޑިޔުކޭޝަން ސެންޓަރ (ހއ.އޭއީސީ) އިން ހޯދައިފިއެވެ. މިއީ މި ސްކޫލް މި މުބާރާތުގެ 1 ވަނަ ޖެހިޖެހިން ހޯދި ތިން ވަނަ އަހަރެވެ. މި މެއި މަހު 24 އިން 28 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 16 ސްކޫލަކުން 309 ދަރިވަރުން ވަނީ […]

ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރާނަން: އާތިފް
Thiladhunmathi News

ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރާނަން: އާތިފް

އެ ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރަށްވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ރަށްރަށުގައި ކުނި މެނޭޖް ކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން އަމިއްލަ ޓީވީ ޗެނަލްއަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރ އާޠިފް ވިދާޅުވެފައިވަނީ ގެސްޓް ހައުސްތައް ފަދަ ޓޫރިސްޓު މަސައްކަތްތައް ގިނަ ރަށްރަށުގައި ގިނައިން ކުނި އުފެދޭއިރުގައި، ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ވަރަށް ބޮޑަށް ބުރަވާކަމަށެވެ. އެހެންނަމަވެސް ގްރީން...

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިންފިނިކާ އެކަޑެމީ ގުޅިގެން ކުރިއަށް ގެންދިޔަ ބޭސިކް ޕޮޓޯގްރަފީ ވޯކްޝޮޕް ނިންމާލައި، ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުޅި ޖުމްލަ 26 ބައިވެރިންނާއެކު މި މަހު 21 އިން 24 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ އާދަމް ނާއިފް އެވެ. އަދި ނިންމުމުގެ ރަސްމިޔަތުގައި ނާއިފް ވަނީ ވޯކްޝޮޕްގެ ބައިވެރިން ދެއްކި ހުނަރާއި އުފެއްދުންތެރިކަން ފާހަގަކޮށް، ބައިވެރިން ވޯކްޝޮޕްގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ދައްކާފައެވެ. އެގޮތުން މި ވޯކ...

ތިލަދުންމަތީ ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

ތިލަދުންމަތީ ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި

ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުުމުގެ މުބާރާތް 2025 މިއަދު ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެންނެވެ. ސްކޫލް ދަރިވަރުންގެ ފެތުމުުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކޮށް ފެތުމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަޤުސަދުގައި ފެށި މި މުބާރާތުގައި މި އަހަރު 16 ސްކޫލަކުން 309 ދަރިވަރުން ބައިވެރިވެފައިވެއެވެ. ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި މުބާރާތް ކުރިއަށް ދާނީ...

ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ ރަށްމަތި ފަންނުގެ އުތުރުކޮޅު މަސްމާރުކޭޓް ދެކުނުގައި އޮންނަ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުމަކީ މަނާ ކަމެއްކަން އަންގައި، ސިޓީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ. ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބޭނުން އާންމުވެ، އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މިފަހަކަށް އައިސް އެ ސަރަހައްދުގައި މަސްބާނަން ތިބުމާއި ޕްލެޓްފޯމު މަތީގައި މަސްކެނޑުން ފަދަ ކަންކަން ކުރަމުންދާކަ...

ރާއްޖޭގައި ފުރަތަމަ ޑިޒާސްޓަރ ޕްލޭނެއް އިފްތިތާހްކުރުމުގެ ޝަރަފާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތާރީޚްގެ ތެރެއަށް
Thiladhunmathi News

ރާއްޖޭގައި ފުރަތަމަ ޑިޒާސްޓަރ ޕްލޭނެއް އިފްތިތާހްކުރުމުގެ ޝަރަފާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތާރީޚްގެ ތެރެއަށް

ކުޅުދުއްފުށި ސިޓީގައި، ރާއްޖޭގެ ފުރަތަމަ “ޑިޒާސްޓަރ މެނޭޖްމަންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް ޕްލޭން” ރަސްމީކޮށް އިފްތިތާޙްކޮށް، ތާރީޚްގެ ތެރެއިން ޖާގަ ހޯދައިފިއެވެ. އެގޮތުން މި ޕްލޭން އިފްތިތާޙްކޮށްފައިވަނީ މި މަހު 19 އިން 20 އަށް ބޭއްވި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައެވެ. މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި މި ޕްލޭން ރަސްމީކޮށް އިފްތިތާޙުކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާ ގ...

ކުޅުދުއްފުށީގައި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގައި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ ފަށައިފި

ކުޅުދުއްފުށި ސިޓީގައި އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ މިއަދު ފަށައިފިއެވެ. އެގޮތުން މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަން އާއި، ދިވެހި ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އާއި، ސިޓީތަކާއި ލޯކަލް ގަވަރނަންސް އަދި ޕަބްލިކް ވަރކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އާރިފް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލ...

ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ކުޅުދުއްފުށިން ރަތްދޫލައިގެ މަރުޙަބާއެއް
Thiladhunmathi News

ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ކުޅުދުއްފުށިން ރަތްދޫލައިގެ މަރުޙަބާއެއް

10 ވަނަ “ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް މެންސް، އޮމާން 2025” ގައި ވާދަކުރުމަށްފަހު، ރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އެންބުރި ކުޅުދުއްފުއްޓަށް އައުމުން އެ ޓީމަށް ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ. މި ޓީމުގައި ހިމެނެނީ މުޅިން ވެސް ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޤައުމީ ބީޗްހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި ކުޅުދުއްފުށީ ކުޅުންތެރިން ގައުމު ފަޚުރުވެރިކޮށްދީފި މި ޓީމު ރޭ ކުޅުދުއްފުށި ސިޓީ އަށް އައުމުން ސިޓީ ކައުންސިލުގެ އިސްްނެގުމުގެ ދަށުން […]

ޤައުމީ ބީޗްހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި ކުޅުދުއްފުށީ ކުޅުންތެރިން ގައުމު ފަޚުރުވެރިކޮށްދީފި
Thiladhunmathi News

ޤައުމީ ބީޗްހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި ކުޅުދުއްފުށީ ކުޅުންތެރިން ގައުމު ފަޚުރުވެރިކޮށްދީފި

އޮމާންގެ މަސްކަޓްގައި މެއި މަހުގެ 6 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025″ ގައި ވާދަކުރި ދިވެހި ގައުމީ ބީޗް ހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި އޭޝިޔާ ސަރަހައްދުގެ 7 ވަނަ އަށް ރާއްޖެ އުފުލައިލަދީފިއެވެ. ބީޗް ހޭންޑްބޯލް މުބާރާތުގެ ގައުމީ ޓީމެއް އެކުލަވާލުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ. ހޭންޑްބޯލް މޯލްޑިވެސްއިން ކުޅުދުއްފުށީގައި ޕްރެކްޓިސްތައް ބޭއްވުމަށް ނިންމާފައިވަނީ އެ ސިޓީގައި އެކަށީގެނ...

ޖަޕާނު ސަފީރު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި
Thiladhunmathi News

ޖަޕާނު ސަފީރު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައިފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި ސަފީރު މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވަނީ ސިޓީ ކައުންސިލާއި ބައްދަލުކުރަށްވާފައެވެ. މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ސަފީރު ވަނީ ޖަޕާނުގެ ރައްޔިތުންނާއި ރާއްޖޭގެ މުޖުތަމަޢުއާއި ދެމ...

ޖަޕާނުގެ ސަފީރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފި
Thiladhunmathi News

ޖަޕާނުގެ ސަފީރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި ސަފީރު މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވަނީ ޖަޕާންގެ ނިޕޮން ފައުންޑޭޝަންގެ “ރީޑް ޖަޕާން” މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވާފައެވެ. މިގޮތުން ނިޕޮން ފައުންޑޭޝަންގެ “ރީޑް ޖަޕާން” މަޝްރޫޢުގެ...

ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް އަވަސްކޮށް ދިނުމަށް އެދެފި
Thiladhunmathi News

ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް އަވަސްކޮށް ދިނުމަށް އެދެފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާ ކުރައްވާ ބައްދަލުވުންތަކުގެ ތެރެއިން ތަޢުލީމީ ވުޒަރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުޙައްމަދު އާއި ވުޒާރާގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށ...