Skip to main content
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ އެއްވަނަ ޔޫސުފަށް، އެއްވަނަ ސްކޫލަކަށް އަފީފުއްދީން، ޤުރްއާން ކްލާހަކަށް އަލްމަސާރު
Thiladhunmathi News

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ އެއްވަނަ ޔޫސުފަށް، އެއްވަނަ ސްކޫލަކަށް އަފީފުއްދީން، ޤުރްއާން ކްލާހަކަށް އަލްމަސާރު

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1447” ގެ އެއްވަނަ އަލްމަސާރު އެކަޑަމިކް ސެންޓަރގެ ދަރިވަރު، ޔޫސުފް ބިން އަޙުމަދު މުފީދު ހޯދައިފިއެވެ. މި ޖުލައި މަހު 19 އިން 21 އަށް ކުޅުދުއްފުށި ސިޓީ ގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 199 ދަރިވަރުން ބައިވެރިވެ، މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ހަވީރުބާއްވައިފިއެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގ...

ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ނެރުބައްތި ބިނދިފައިވާތީ ސަމާލުވާން އެދިއްޖެ
Thiladhunmathi News

ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ނެރުބައްތި ބިނދިފައިވާތީ ސަމާލުވާން އެދިއްޖެ

ކުޅުދުއްފުށީ އުތުރު ބަނދަރުގެ ދެކުނު ފަރާތުގެ ނެރުއްބައްތި ހަލާކުވުމާއި ގުޅިގެން ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން އެ ކަމަށް ސަމާލުވާން ސިޓީ ކައުންސިލުން އެދިއްޖެއެވެ. ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ކަނޑިންމާ ބައްތި ވަނީ ބިނދިފައިކަމަށެވެ. މިކަމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކައް ގެއްލުމެއް ލިބިދާނެތިން މިކަމަށް ސަމާލުވާން ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި އެ އިދާރ...

ކުޅުދުއްފުށީގައި ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ފަށަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ފަށަނީ

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ގުޅިގެން ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބައިވެރިން ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަޝްރޫޢު އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ދިވެހި ޤައުމިއްޔަތު އިއާދަަކުރުމުގެ ޤައުމީ މަޝްރޫޢު” ގެ ދަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން “ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު” ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ....

އެޓްމޮސްފިއަރ ފައުންޑޭޝަނުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އޮނުގަސް ހަދިޔާކޮށްފި
Thiladhunmathi News

އެޓްމޮސްފިއަރ ފައުންޑޭޝަނުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އޮނުގަސް ހަދިޔާކޮށްފި

އެޓްމޯސްފިއަރ ފައުންޑޭޝަންގެ ކުޅުދުއްފުށި ސިޓީ ކައުންސިލަށް 30 އޮނުގަސް ހަދިޔާކޮށްފިއެވެ. މިއީ އެ ފައުންޑޭޝަންގެ ބެމްބޫ ފޯރ ކްލައިމެޓް މިޓިގޭޝަން ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި ގަސްތަކެކެވެ. ސިޓީ ކައުންސިލުގެ ފިނިފެހި ނާސަރީއަށް މި ގަސްތައް ހަދިޔާކޮށްދެއްވުމާއެކު، އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒު އަބްދުލްހަކީމް ގެ އިތުރުން ޓީމާއި އެކު ޑރ. އޭންޕައުލް ވެސް ވަނީ ސިޓީގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދުމުުގެ ހަރަކާތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން އަބްދުލްއަޒީޒު ވ...

ސްމާޓް ސިޓީ ކޮންސެޕްޓްގައި ކުލަޖައްސައިދެވުމުން އާތިފް އުފަލުން، "ކުންބުޓި ޕޯޓަލް" ލޯންޗްކުރާނީ 33 ޚިދުމަތާއެކު
Thiladhunmathi News

ސްމާޓް ސިޓީ ކޮންސެޕްޓްގައި ކުލަޖައްސައިދެވުމުން އާތިފް އުފަލުން، "ކުންބުޓި ޕޯޓަލް" ލޯންޗްކުރާނީ 33 ޚިދުމަތާއެކު

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ސާވިސް ޕޯޓަލް ޓެސްޓުކުރުމަށް 7 ހިދުމަތާއެކު އާންމުންނަށް މިއަދު ހުޅުވާލެވުނު ކަމުގައިވިޔަސް، އަމާޒަކީ 33 ޚިދުމަތާއެކު 2025 ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް “ކުންބުޓި ޕޯޓަލް” (އޮންލައިންކޮށް ޚިދުމަތަށް އެދޭ ޕޯޓަލް) ލޯންޗުކުރުމަށް ކަމަށް ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ލޯންޗުކުރުމާއި ގުޅިގެން މޭޔަރ އާޠިފް މިއަދު ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޒިންމާދާރުކަމާއެކު ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހ...

އެމްޔޫއޭގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔަކޮށްފި
Thiladhunmathi News

އެމްޔޫއޭގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔަކޮށްފި

މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން (އެމްޔޫއޭ) ގެ ފަރާތުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުން ބުނިގޮތުގައި ސިޓީ ކައުންސިލަށް 240 ލީޓަރުގެ 3 ޑަސްބިން ހަދިޔާކޮށްދެއްވާފައިވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ ނަޒާކީ ޒަކީ (ދާތޯ ޒަކީ) އެ ޖަމިިއްޔާގެ ކުޅުދުއްފުށީ ގޮފި މެދުވެރިކޮށް ކަމަށެވެ. މި ޑަސްބިންތައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 16 ޖުލައި 2025 ވީ ބުދަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ އަށާއި އެ ޖަމިއްޔާގެ ކުޅުދު...

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމައެކު ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމައެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަބުޑީ މޯލްޑިވްސް އާއި ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޯސް ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި އާމިނަތު ޝިހާނާ (އަބުޑީ) އަދި އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ޙަކީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއ...

ކުޅުދުއްފުށީގައި "ބަށިބޯޅަ" އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި "ބަށިބޯޅަ" އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި “ބަށި ބޯޅަ” އޮފިޝަލުންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން މި ކުޅިވަރަށް އޮފިޝަލުން ތަމްރީނު ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މިއަންނަ އޮގަސްޓް މަހު 1 އިން 2 އަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 […]

ދައުލަތުގެ ބަޖެޓުގެ މަންފާ އިންސާފުވެރިކަމާއެކު ލިބުން މުހިންމު: އާޠިފް
Raajje

ދައުލަތުގެ ބަޖެޓުގެ މަންފާ އިންސާފުވެރިކަމާއެކު ލިބުން މުހިންމު: އާޠިފް

ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަކީ، ހުރިހާ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ ބަޖެޓެއް ކަމަށްވާއިރު، އެ ބަޖެޓުން ކުރާ ހަރަދުތަކާއި ހިންގާ މަޝްރޫއުތައް މުޅި އާބާދީއަށް އިންސާފުވެރިކޮށް ބަހަންޖެހޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބޮޑު ބަޖެޓެއް ފާސްކުރަމުންދާ ކަމަށާއި، މި އަހަރުވެސް ގާތްގަނޑަކަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ބަޖެޓް ބެހިގެންދާ ގޮތް އ...

ކުޅުދުއްފުށީ ބަށި މުބާރާތް މިއަހަރު ސެޕްޓެމްބަރުގައި
Thiladhunmathi News

ކުޅުދުއްފުށީ ބަށި މުބާރާތް މިއަހަރު ސެޕްޓެމްބަރުގައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިއަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅަށް ހުޅުވާލައިގެން ސެޕްޓެމްބަރ 4 އިން 6 އަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 […]

ކުޅުދުއްފުށީ ސިޓީކައުންސިލުން 17 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީކައުންސިލުން 17 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި ކޯހަކީ ސިޓީ ކައުންސިލުގެ އެދިލެއްވުމަކަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޖުލައި 3 އަކުން 10 ގެ ނިޔަލަށް ކުޅުދުއްފުށީ އެންއޯސީ ފުނަވަލު މާލ...

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި
Raajje

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި

ކުޅުދުއްފުށީ ސިޓީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ހޮނިހިރު ދުވަހު ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ އެ ކައުންސިލާއި، އަބުޑީ މޯލްޑިވްސް ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ޕަންޗް ނީޑްލިން ކިޓްތައް ހަވާލުކޮށްފައިވެއެވެ. އަންހެން ބޭފުޅުންނަށް ޚާ...

ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ބިން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ބިން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ ދަމަނަވެށީގެ މަސައްކަތް ފެށުމަށްޓަކައި ބިން، އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. އަދި އާރުޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އަޙުމަދު ހަސަން ސޮއިކުރައްވާފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ސޮ...

ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި
Thiladhunmathi News

ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި

ކުނި ވަކިކޮށްގެން މެނޭޖްކުރުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ތަޢާރަފް ކޮށްފިއެވެ.  މި ޕޯސްޓަރ ތައާރަފްކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންނާއި މުވައްޒަފުން ވަނީ ކުޅުދުއްފުށީ ކުނިކޮށި ސަރަހައްދައް އިއްޔެ ޒިޔާރާތްކޮށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންނާއި މެކްސް އާއި ގުޅިގެން މަސައްކަތްކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢު އަކީ ސައުތް އޭޝިއާ ކ...

ކުޅުދުއްފުށީ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު

ކުޅުދުއްފުށީ ސިޓީގެ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ ކްރިސަލިސް އެން.ޖީ.އޯ އަދި ސިގްސް އެން.ޖީ.އޯ އާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން ސްރީލަންކާ އަދި ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި ހަމަނުޖެހުން ހުއްޓުވަމަށާއި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ކާރިސާތަކަށް މުޖުުތަމައު ތައްޔާރުކުރުމުގެ މަގުސަދުގައި މަ...