ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ
މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައިކަން ވަނީ ހާމަކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ […]