އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، ޕީއެންސީގެ ކޮންގްރެސް އަވަސްކޮށްފި
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް، ކުރިން ކަނޑައެޅި ތާރީޚަށްވުރެ އަވަހަށް ބޭއްވުމަށް އެ ޕާޓީގެ އާންމު މަޖިލީހުން ރޭ ވަނީ ފާސްކޮށްފިއެވެ. ޕީއެންސީގެ އާންމު މެމްބަރުންގެ މަޖުލީހުގެ މިދައުރުގެ 2 ވަނަ ބައްދަލުވުން ރޭގައި ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި އެ ޕާޓީގެ ކޮންގްރެސް އަވަސްކުރަން ހުށަހެޅުއްވީ ރިޔާސަތުގައި އިންނެވި، ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިގޮތަށް ހުށަހެޅުއްވީ ކުރިން ކޮންގްރެސް ބޭއްވުމަށް އޮކްޓޫބަރު މަހު ކަނޑައެޅި ތާރީޚު...