ރައީސް ބޭނުންފުޅުނުވާކަމެއް ޕީއެންސީގައި ނުހިނގާނެ: ފަލާހް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ނުހިނގާނެ ކަމަށާއި، އެ ޕާޓީން އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމަށް އެމަނިކުފާނު ވަކި ކަމެއް ހުށަހަޅުއްވާފައި ނުވާ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ، ޕީއެންސީގެ ރައީސް ޑރ. މުޢިއްޒު ހުށަހެޅުއްވި ހުށަހ...