Skip to main content
Topic Archive

#ށ. ފުނަދޫ ކައުންސިލް

68 Stories filed
ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެދިއްޖެ
Thiladhunmathi News

ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެދިއްޖެ

ށ. ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ. ފުނަދޫ ކައުންސިލުން މިގޮތައް އެދުނީ އިއްޔެ ރައީސް މުޢިއްޒާއިއެކު އެ ކައުންސިލުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުވުމަކީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ރައީސް ފެއްޓެވި ދަތުރުފުގައި އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވެވި ބައްދަލު ކުރެއްވުމެކެވެ. ފުނަދޫ ކައުންސިލުން ރައީސް އަރިހު އެދުނުކަންކަން އެއާޕޯޓް ރަންވޭ ބޮޑުކޮށް […]

ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ
Thiladhunmathi News

ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ

ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ފަލަސްޠީނަށް އެހީވުމަށްޓަކައި ފަންޑު ހޯދުމަށް ފުނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކާއި އަދި ފުނަދޫ ރައްޔިތުންނާއި ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. 28 އޮކްޓޫބަރ އިންން ނޮވެމްބަރ 04 އަށް ހިންގި މި ހަރަކާތްތަކުން ޖުމްލަ 300،226.02 ލިބިފައިވާކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވާފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ލިބި...

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދަން ފުނަދޫގައި ގިނަ ހަރަކާތްތަކެއް
Raajje

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދަން ފުނަދޫގައި ގިނަ ހަރަކާތްތަކެއް

ށ. ފުނަދޫ ކައުންސިލާއި ޑަބްލިއުޑީސީ މުވައްޒަފުން ގުޅިގެން ފަލަސްތީނަށް އެހީވުމަށް ހަރަކާތްތަކެއް ފަށައިފިއެވެ. މި ހަރަކާތްތަކާއި ގުޅޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލުން ވިދާޅުވީ ކައުންސިލާއި އތމ ކޮމެޓީ އަދި ފުނަދޫ ކައުންސިލުގެ ދަށުން މަސައްކަތް ކުރާ ހުރިހައި މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 14،000 އަށް ވުރެ ގިނަ ރުފިޔާ އެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ހަދިޔ...

ފުނަދޫގައި ހިންގި ބޭސިކް ވޮލީ ކޯޗިން ކޭމްޕު ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ހިންގި ބޭސިކް ވޮލީ ކޯޗިން ކޭމްޕު ނިންމާލައިފި

ށ. ފުނަދޫ ކަނބަލުންނަށް ހިންގި ބޭސިކް ވޮލީ ކޯޗިން ކޭމްޕު ނިންމާލައިފިއެވެ. މި ކޭމްޕާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެރަށު ޑަބްލިއުޑީސީ ގެ ރައީސާ ފަރުޒާނާ އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކޭމްޕު ހިންގީ މި މަހުގެ 3 ން 17 ގެ ނިޔަލަށް ކަމަށެވެ. އަދި 21 ކަނބަލުން ބައިވެރިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ކޭމްޕު ހިންގުމަށް ނިންމާފައި އޮތީ 10 ދުވަހަށް ނަމަވެސް ‘ރެސްޓް’ ދުވަސްތަކާއެކު މުއްދަތު އިތުރުކުރީ ކަމަށެވެ. […]

ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅަން ބިޑަށް
Thiladhunmathi News

ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅަން ބިޑަށް

ށ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ. ފުނަދޫ އަކީ މިހާރު ވެސް ށ. އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައި ހުންނަ ރަށެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމުން، ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް -/1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަ...

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ
Thiladhunmathi News

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިންގ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ. މި ކޭމްޕުގެ މައުލޫމާތު “ތިލަދުން” އާ ހިއްސާ ކުރައްވަމުން އެރަށު ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ މި ކޭމްޕު ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މިއީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ހަމައެކަނި އެރަށުގެ […]

ޔާމީނަށް އިއްވީ ނުހައްގު، ސިޔާސީ ހުކުމެއް: ފުނަދޫ ކައުންސިލް
Thiladhunmathi News

ޔާމީނަށް އިއްވީ ނުހައްގު، ސިޔާސީ ހުކުމެއް: ފުނަދޫ ކައުންސިލް

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވީ ނުހައްގު އަދި ސިޔާސީ ނުފޫޒުގެ ތެރެއިން ކޮށްފައިވާ ހުކުމެއް ކަމަށާއި، އެއީ ދިވެހިންނަށް ލިބުނު  ނިކަމެތި ކަމެއްކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެކައުންސިލުން […]

ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
Thiladhunmathi News

ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ށ. ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެރަށު ކައުންސިލާއި އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކަލް އެންޑް އިންޓަރ ނޭޝަނަލް ރިލޭޝަންސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. އިއްޔެ ހެނދުނުން ރޭނގަނޑަށް ދެމިގެން ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުނަދޫގެ 25 މީހަކު ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކ...

ފުނަދޫގައި ކުރިއަށް ގެންދިޔަ "އިސްލާމިކް ސެމިނާ 2022" ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ކުރިއަށް ގެންދިޔަ "އިސްލާމިކް ސެމިނާ 2022" ނިންމާލައިފި

ށ.ފުނަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ފުނަދޫގައި ކުރިއަށް ގެންދިޔަ “އިސްލާމިކް ސެމިނާ 2022” ނިންމާލައިފިއެވެ. މި މަހުގެ ދިވަހަނަ ދުވަހާއި އެގާރަވަނަ ދުވަހު ފުނަދޫގައި ކުރިއަށް ގެންދިޔަ މި ސެމިނާގައި ޖުމަލް ހަތަރު މަޢުލޫއަކަށް ހަތަރު ސެޝަންއެއް ވަނީ ބާއްވާފައެވެ. މިގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުނަދޫ ކައުންސިލް ޖަލްސާ ކުރާ މާލަމުގައި ގެންގޮސްފައި ވަނީ، މުޖުތަމަޢުގައި ޒުވާނުންގެ ދައުރާއި އަމިއްލަ މަސައްކަތުން […]

ޓެކްސް ބޮޑު ނުކުރުމަށް ފުނަދޫ ކައުންސިލުން ގޮވައިލައިފި
Thiladhunmathi News

ޓެކްސް ބޮޑު ނުކުރުމަށް ފުނަދޫ ކައުންސިލުން ގޮވައިލައިފި

ރާއްޖޭގައި ނަގާ ޓެކްސް ބޮޑު ނުކުރުމަށް ށ. ފުނަދޫ ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުން މިފަދައިން ގޮވައިލެއްވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެނައުމަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާއި ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޓެކްސް ބޮޑުކޮށްފިނަމަ ރައްޔިތުން ޟަރޫރީގޮތުންނާއި އެނޫން މުހިއްމު ބޭނުންކުރަންޖެހޭ ތަކެތީގެ އަގު ވަރަށްބޮޑުތަނުން އުފުލޭނެ ކަމަށެވެ. އަދި އެ ކ...

ފުނަދޫ ވޮލީ ކޯޓު އަޅާ ބިމާމެދު ޚިޔާލު ތަފާތުވުމެއް ނެތް، މަސައްކަތް ލަސްވަނީ ބިން ފާސް ނުވެގެންނެއް ނޫން: ކައުންސިލް
Raajje

ފުނަދޫ ވޮލީ ކޯޓު އަޅާ ބިމާމެދު ޚިޔާލު ތަފާތުވުމެއް ނެތް، މަސައްކަތް ލަސްވަނީ ބިން ފާސް ނުވެގެންނެއް ނޫން: ކައުންސިލް

ށ. ފުނަދޫ ވޮލީ ކޯޓު އަޅާ ބިމާމެދު ރައްޔިތުންނާއި ކައުންސިލާމެދު ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި މަސައްކަތް ނުނިމި ލަސްވަނީ ބިން ފާސް ނުވެގެންނެއް ނޫން ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ އޮކްޓޯބަރ 4 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު އާ ސުވާލު ކުރެއްވުމުގައި ފުނަދޫ ކައުންސިލު ބަދުނާމުވާގޮތަށް ކަމުގެ ހަގީގަތް އޮޅުވާލައިގެން […]

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި
Raajje

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި

ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. ފެނަކައިން ބުނީ، ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ފެނަކައިން...

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި
Raajje

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރަން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ ކައުންސިލް ބައްދަލުވުމުގައެވެ. މި ނިންމުން ނިންމުމުގެ ކުރިން އެ ކައުންސިލް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދާފައެވެ. އަދި އެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދ...

ފުނަދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅަށް
Thiladhunmathi News

ފުނަދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅަށް

ށ. ފުނަދޫ ކައުންސިލުން ތަޖުރިބާގެ ދަތުރެއްގައި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރުމުގެ ދަތުރެއް މިއަދު ފަށައިފިއެވެ. މި ދަތުރުގައި ފުނަދޫ ކައުންސިލްގެ ދަޢުވަތަކަށް، ޚާއްސަ މެހްމާނެއްގެ ގޮތުން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މަދަތުރުގައި ފުނަދޫ ކައުންސިލްގެ ޓީމު މިއަދު ވަނީ ކ. ގުރައިދޫއަށް ޒިޔާރަތްކޮށް، އެރަށުގެ ކައުންސިލާއި އ.ތ.މ ކޮމެޓީއާއި ބައްދަލުކޮށް ތަޖުރިބާ ބަދަލުކުރުމުގެ މަޝްވަރާތައް ބާއްވާފައެވެ. އަދި އެރަށުގައި ހުންނަ ޚާއްޞ...

ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް
Thiladhunmathi News

ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް

ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި މިލަދުން މަޑުލު އުތުރުބުރީ ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ފުނަދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ކައުންސިލާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބ...