ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި
ށ. ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެރަށުން ވަނީ 32 ބައިވެރިން ބައިވެރިވެ، 29 ބައިވެރިއަކު ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ނަޒީރެވެ. މީގެއިތުރުން އެތަމްރީން ޕްރޮގްރާމް ކުރިއަށް...