Skip to main content
Topic Archive

#ށ. ފުނަދޫ ކައުންސިލް

68 Stories filed
ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހުންނަކީ މިވަގުތު ކަރަންޓީނުގައި ހުރި ގޭތަކަށް ނިސްބަތްވާ ބައެއް ނޫންކަމަށެވެ. ފުނަދޫ ހޯމްކަރަންޓީނުގައި ހުރި މީހެއް ކަރަންޓީން ފުރިހަމަކޮށް ނެގި ސާމްޕަލް މި މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާއިރު، އެ ކޭހާއި ގުޅިގެން އިތުރު ކޭސްތައް ފެންނާތީ 24 ވަނަ ދުވަހު އެރަށް ވަނީ […]

ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި
Thiladhunmathi News

ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިއަދުއެވެ. އެކަން އަންގާ އެޗްޕީއޭއިން ފުނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށް މޮނީޓަރިން ހާލަތަށް ގެނައީ ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. މިގޮތުން އެޗްޕީއޭގެ ހުއްދަނެތި ރަށުން ފޭބުމާއި، އެރަށަށް އެރުން މަނާކޮށްފައިވާކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ. ފުނަދޫ ބަންދުކޮށްފައި މިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކ...

ފުނަދޫ ކައުންސިލްގެ ނިންމުން: މިމަހުގެ ކަރަންޓް ބިލުން %50 ޑިސްކައުންޓެއް
Thiladhunmathi News

ފުނަދޫ ކައުންސިލްގެ ނިންމުން: މިމަހުގެ ކަރަންޓް ބިލުން %50 ޑިސްކައުންޓެއް

ށ. ފުނަދޫގެ އާންމުންގެ ގޭބިސީތަކަށާއި، ވިޔަފާރިތަކަށް މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ ފުނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 20ވަނަ ޖަލްސާގައެވެ. މި ނިންމުމުގައި ބުނެފައިވާގޮތުން މިގޮތަށް ކައުންސިލުން މިގޮތަށް ނިންމީ އެރަށުގައި ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރަށް ދިމާވި މައްސަލައާއިގުޅިގެން މިދިޔަ ސެޕްޓެމްބަރުމަހު އަވަސްއަވަހަށް ކަރަންޓްކަނޑަން ޖެހުމުގެ ސަބަބުން އެމަހުގެ ކަރަންޓް ބިލްތައް ވަރަށް ބޮޑުވެފައިވާތީ...

ފުނަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކައުންސިލުން 2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
Thiladhunmathi News

ފުނަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކައުންސިލުން 2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ށ. ފުނަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށު ކައުންސިލުން 2 މިިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފިއެވެ. މި ބަޖެޓް ފާސްކޮށްފައިވަނީ ފުނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ހުރި 4 ޖަނަރޭޓަރުގެ ތެރެއިން 1200 ވޯޓުގެ ޖަނަރޭޓަރު އަދި 800 ވޯޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން 24 ގަޑިއިރު މުޅިރަށަށް އެއްފަހާރާ ކަރަންޓު […]

ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި
Raajje

ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި

ށ. ފުނަދޫ “އަބްދުﷲ އަބްދުލް ކަރީމް” ޕްރީ ސްކޫލް ހުޅުވައިފި އެވެ. މި ޕްރީ ސްކޫލް ރަސްމީކޮށް ހުޅުވީ އިއްޔެ އެރަށުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ފުނަދޫގައި އަލަށް ހުޅުވުނު މި ޕްރީސްކޫލާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ރަސްމީކޮށް އެ ޕްރީ ސްކޫލް ހުޅުއްވާދެއްވާފައިވަނީ ފުނަދޫ ސްކޫލުގެ ދިވެހި މުދައްރިސް އާދަމް ޝަރީފް އާއި، އެރަށުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ގިނަދުވަސްތ...

ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ފްލޫ ކްލިނިކަށްދެއްކި 3 އަހަރުގެ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އިނގުނީ އިއްޔެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން 17 މީހަކު ކަރަންޓީނު ކުރެވިފައިވާކަމަށެވެ. “އެ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ، މިއަދު ވެސް ސާމްޕަލްތަކެއް އެބަ ނަގާ” […]

ފުނަދޫ ތުނޑި ސާފުކޮށްފި
Thiladhunmathi News

ފުނަދޫ ތުނޑި ސާފުކޮށްފި

ށ. ފުނަދޫ ތުނޑި ސާފުކޮށްފިއެވެ. ފުނަދޫ ތުނޑި ސާފުކުރުމުގެ ހަރަކާތަކީ މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އެރަށުގައި ހިންގާ ޖަމިއަޔާތައް ގުޅިގެން ބޭއްވުނު ހަރަކާތެކެވެ. ސާފުކުރުމުގެ މިހަރަކާތުގެ އިތުރުން އެރަށުގައި އިއްޔެވަނީ ތަފާތު އެކިކަހަލަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންދެވިފައެވެ. އޭގެތެރޭގައި، ވާދެމުމާއި ވޮލީ ބޯޅަ އަދި ބައިތު ބާޒީ ފަދަ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މި ހަރަކާތްތަކުގައި އ...

ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި
Thiladhunmathi News

ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ފުނަދޫގައި ހިންގި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފިއެވެ. 03 ޖުލައި 2021 އިން 16 ޖުލައި 2021 ގެ ނިޔަލަށް ޖުމްލަ ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 31 ފަރާތަކުން ބައިވެރިވެ 24 ފަރާތަކުން ވަނީ ކޭމްޕް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކޮށްފައެވެ. 16 ޖުލައި 2021 ވީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލުގައި […]

ބިލު އޮތީ، އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހުން ގާނޫނަކުން ހުއްދަކުރެވޭ ގޮތަށް: ފުނަދޫ ކައުންސިލް
Thiladhunmathi News

ބިލު އޮތީ، އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހުން ގާނޫނަކުން ހުއްދަކުރެވޭ ގޮތަށް: ފުނަދޫ ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އޮތީ، ގާނޫނަކުން އިސްލާމްދީނަށާއި، މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ  محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަކޮށް ހަޖޫޖެހުން ޤާނޫނަކުން ހުއްދަކުރެވޭ ގޮތަށް ކަމަށް ށ. ފުނަދޫ ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް...

ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ގެއަކަށް ދިޔަ މީހަކު ޖޫރިމަނާކޮށްފި
Thiladhunmathi News

ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ގެއަކަށް ދިޔަ މީހަކު ޖޫރިމަނާކޮށްފި

ށ. ފުނަދޫގައި ހޯމް ކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް، އުސޫލާއި ހިލާފަށް ވަތް މީހަކު މިއަދު 5 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ބެލި ބެލުމުން، އެރަށުގައި ހޯމްކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް އުސޫލާ ހިލާފަށް މީހަކު ވަތް ކަމުގެ މައުލުމާތު މިއަދު ލިބުނު ކަމަށެވެ. އެކަން ފުނަދޫގައި ތިއްބަވާ ފުލުހުންނަށް އެންގުމުން، އުސޫލާއި ހިލާފަށް އެ ގެއަށް ވަތް […]

ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި
Thiladhunmathi News

ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި

ށ. ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ގޭތަށް ކަރަންޓީނު ވީއްލައިފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 26 ގެއެއް ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވަނީ އެ ދަރިވަރާއި، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކުރި ހުރިހާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް...

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް
Thiladhunmathi News

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ށ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މަސައްކަތަށް ގޮސް ތިބީ ފަސް ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިރެއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ޓެސްޓް ކުރީ ކަރަންޓީނު 10 ދުވަސް ހަމަވުމުންނެވެ. “ފަސް ބިދޭސީން ތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފަ، އެމީހުންގެ ޑައިރެކެޓް ކޮންޓެކްޓު ރަށުތެރޭ އެބަތިބި، އެމީހުން ދެނެގަތުމުގެ މަސައްކަތް […...

ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހުން ބަލައިދިޔަ، ކުރިން ކަންނެލީގެ މަސްވެރިކަމަށް ބޭނުންކުރި “މަހުރޯދި” ނަމަކަށްކިޔާ އެ ދޯނި އެރަށުގެ ބަނދަރުގައި ބާއްވައިގެން ވަނީ މުދާ އުފުލާ ދޯންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އެމީހުން އެރަށަށް ދިޔައީ ފުނަދޫގައި ބާއްވައިގެން ކުރަންހުރި މަސައްކަތް ނިމުމުން އެ ދޯނި ބަލައެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، […]

ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ފުނަދޫއާއި އެ އަތޮޅު ބައެއް އެހެން ރަށްރަށާއި، މާލެ އާއި ދެމެދު ދަތުރުކުރާ އެ ބޯޓުން ޕޮޒިޓިވްވީ ފަޅުވެރިއަކާއި، ކޭޝިޔަރެވެ. ފަޅުވެރިޔާއަކީ ބިދޭސީއެކެވެ. ކޭޝިޔަރަކީ ފުނަދޫއަށް ނިސްބަތްވާ މީހެކެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ކޯވިޑްއަށް ޓެސްޓްކުރީ އެތަނުން އެކަކުގެ ކިބައިން އަލާމާތް ފެނިގެން ކަމަށެވެ. “ރަށަށް އައިސް އެ ބޯޓުން ކުއްޖަކު ގުޅީ އަލާމާތް […]

ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 16 އިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ކިލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ، ފާތިމަތު ނަޝްފާއެވެ. ފުނަދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 33 ކަނބަލެއް […]