ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ
ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފ...