ނޮޅިވަރަމްގައި ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ 4 ފެހި ގެއާއި ފެންދޭ ނިޒާމު ގާއިމުކޮށްފި
“ޒަކާތު ނަފާ” ޕްރޮގްރާމްގެ ދަށުން ހދ. ނޮޅިވަރަމްގައި ގާއިމުކުރި 4 ގްރީންހައުސް (ފެހިގެ) އާއި ފެންދޭ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ. ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާ ފުރަތަމަ ރަށަކަށް ނޮޅިވަރަމް ވާއިރު، މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ. އެގްރޯނެޓުން ބުނީ މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސް ކަމަށެވެ. […]