މޯލްޑިވިއަންގެ ފްލީޓަށް އެއާބަސްގެ އާ ދެ ބޯޓު އިތުރުކުރަނީ
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އެއާބަސް މަރުކާގެ ދެ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދުމަށް، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އިއުލާންކޮށްފި އެވެ. އައިއޭއެސް އިން ބުނީ، އެ ކުންފުނިން ހޯދަން އިއުލާންކޮށްފައިވަނީ އެއާބަސް A220-300 މަރުކާރުގެ ދެ ބޯޓު ކަމަށެވެ. އެހެންކަމުން މި ބޯޓުތައް ގެނެސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބޯޓުތައް ގެނައުމަށް ކަނޑައަޅާފައިވާ...