އެމްޑީޕީއަށް ވައުދު ނުފުއްދެނީ އެތެރޭގެ ކޯޅުމާ ހެދި: އަލީ އާރިފް
ވޭތުވެދިޔަ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ވީ ވައުދުތައް މެންޑޭޓާ އެއްގޮަށް ނުފުއްދުނީ ޕާޓީގެ އެތެރޭގެ ކޯޅުމާ ހެދި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި މީޑިއާ އަށް ދެއްވި ބަސްދީގަަތުމ...