ޓްރަމްޕާއި ނަތަންޔާހޫ މިހާރު ތިބީ ފާރިސީ ކަނޑުއޮޅީގައި "ކަތިލާގެއެއްގެ ތެރޭގައި ތާށިވެފައި": އީރާނުގެ ޖެނެރަލެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ތިއްބެވީ ފާރިސީ ކަނޑުއޮޅީގެ “ކަތިލާގެއެއްގެ” ތެރޭގައި ތާށިވެފައި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އިސް ޖެނެރަލަކު ވިދާޅުވެއްޖެއެވެ. އީރާނުން ކުރިއަށްގެންދާ “އޮޕަރޭޝަން އެޕިކް ފިއުރީ” އަށް 11 ދުވަސް ވެފައިވާއިރު، އައި.އާރު.ޖީ.ސީގެ ބަހުރުވަ ވަނީ ކުރިއަށްވުރެ ބޮޑަށް ހަރުކަށިވެފައެވެ. އައި.އާރު.ޖީ.ސީގެ އޭރޯސްޕޭސްގެ އައު ވެރިޔާ ބްރިގޭޑިއާ ޖެނެރަލް މަޖީދު މޫސަވީ ކަމަށް ބ...