ޑްރަގާއިއެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް ނުލިބޭ: ފުލުހުން
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އެއްވެސް ޝަކުވާއެއް އެ މީހާގެ ފަރާތުން މިހާތަނަށް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުގީގު ކުރަމުންދާކަން ފުލުހުންގެ ހިދުމަތަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފު...