ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ހުރިހާ ސިޔާސީ ބޭފުޅުން އިއްތިފާގުވޭ: ފަލާހު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ބޭފުޅުން އިއްތިފާގުވެވަޑައިގެންފައިވާ ކަމެއްކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ. ފަލާހު މިފަދައިން ވިދާޅުވީ ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. ފަލާހު ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭ...