މިނިސްޓަރު ޝާހިދު، ބަހްރެއިނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަބްދުﷲ ޝާހިދު، ބަހްރެއިނުގެ ފޮރިން މިނިސްޓަރު ޚާލިދު ބިން އަޙުމަދު އަލް ޚަލީފާއާ ބައްދަލު ކުރައްވައިފިއެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ، އދ.ގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިންނެވެ. މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމަށް ތައްޔާރުވަމުންދާ ވައިގެ ޚިދުމަތްތަކާ ބެހޭ އެގްރީމެންޓާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި މި އެގްރީމެންޓުގެ ސަބަބުން...