މިފަަހަރުވެސް ގައުމީ ޓީމު ކުޅޭ މެޗު ބަލަން ވަދެވޭނީ 3000 ދިވެހިންނަށް
ވޯލްޑްކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާއި ފިލިޕީންސް ވާދަކުރާ މެޗަށް ވަދެވޭނީ ދިވެހި 3000 އެއްހާ ސަޕޯޓަރުންނަށްކަމަށް އެފްއޭއެމްހެ ރައީސް ބައްސާމް އަދީލު ޖަލީލު ވިދާޅުވެއްޖެއެވެ. ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ މަރާމާތަށް ބަންދުކޮށްފައިވާ ސިޑިބަރިތައް ބޭނުންކުރުމަށް ހުއްދަ ނުލިބުމުން ރާއްޖެ އާއި ޗައިނާ އެންމެ ފަހުން ރާއްޖޭގައި ބައްދަލުކުރި މެޗުގައިވެސް ވިއްކާފައިވަނީ 3000 ޓިކެޓެވެ. މިފަހަރު 3200 ޓިކެޓު ވިއްކުމަށް ނިންމާފައިވީއިރު އޭގެ ތެރެއިން 20...