ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން ”އާދަމް ސަލީމް ކަޕް“ ޑިސެމްބަރ 10 ގައި ބާއްވަނީ
ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ”އާދަމް ސަލީމް ކަޕް“ ފުޓްބޯޅަ މުބާރާތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހެވެ. މި މުބާރާތަކީ ހަނިމާދޫއިން ފާހަގަ ކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެޖަމުޢިއްޔާގެ މެމްބަރު އަލްމަރްޙޫމް އާދަމް ސަލީމުގެ ހަނދާނުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހަނި...