ގޭންގް ކުށްތަކުގައި އެންމެ ދިވެއްސެއްގެ ފުރާނަވެސް މިއަހަރު ނުގެއްލޭ : ރައީސް ޞޯލިހު
ގޭންގު ކުއްތަކުގައި އެންމެ މީހެއްގެ ފުރާނަވެސް މިއަހަރު ގެއްލިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ގޭންގު މާރާމާރީތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން ގޭންގު މާރާމާރީތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވުމަކީ މި ސަރުކާރަށް ހޯދުނުގެ ކާމިޔާބެއްގެ ގޮތުގައިވެސް ރައީސް ރޭ ސިފަކުރެއްވި އެވެ. އަޅުގަނޑުމެން...