ސައީދުގެ ކަންބޮޑުވުން: ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އެރުން ގާތް
ކޯވިޑް-19 ބަލި މަޑުކަމުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައި ވަނިކޮށް ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ދަރަނި އިތުރުވެގެން ދަނީ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އެރުން ގާތް ކަމަށް ވިދާޅުވެ ސައީދު ކުރި ޓުވީޓެއްގައި ވަނީ ކަންބޮޑޫވުން ފާޅު ކުރަށްވާފައި އެވެ. އެ ޓްވީޓެއްގައި ސައީދު ވިދާޅުވީ ބޮޑު ވަބާއެއް ތެރޭ ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައި ވަނިކޮށް ރާއްޖޭގެ […]