ހޮހޮޅާގައި ދިރިއުޅޭ ފަލަސްތީނު ޢާއިލާއެއްގެ ގެ ހަލާކު ކޮށްލާނެ ކަމުގެ ނޯޓިސް އިޒްރޭލުން ފޮނުވައިފި
ލަކުޑިން ހަދާފައިވާ ދޮރެއް ހަރުކޮށް، އެތެރޭގައި ކާޕެޓެއް އަޅައި ހޮހޮޅައެއް ތެރޭގައި ދިރި އުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތެއްކަމަށްވާ އަހްމަދު އަމަރްނެޙް ހޮހޮޅާގައި ހަދާފައިވާ ގެ ހަލާކު ކޮށްލާނެކަމުގެ އިންޒާރުގެ ނޯޓިސް އިޒްރޭލުން ފޮނުވައިފިއެވެ. މިއީ ހޮހޮޅައެއްގައި ދިރިއުޅޭ ފަލަސްތީނު މީހުން ބޭރު ކުރަން އިޒްރޭލުން އެންގި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އިތުރު 20 ގެއެއް ނެތިކޮށްލާނެ ކަމަށް ލިއުން ފޮނުވާފައެވެ. އިޒްރޭލުން ބުނަމުން އަންނަނީ ފަލަސްތ...