މަސް ދޯނި ތަކުގައި "ވެސަލް މޮނިޓަރިންގް ސިސްޓަމް" ހަރުކުރަން ފަށައިފި
މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި “ވެސަލް މޮނިޓަރިންގް ސިސްޓަމް” ހަރުކޮށް އުޅަނދު ހަރަކާތްތެރިވަމުންދާ ސަރަޙައްދު ވަގުތުން ޓްރެކްކޮށް ބެލުމަށްޓަކައި ގާއިމްކުރެވޭ ނިޒާމްގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢު އަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކްގެ އެހީގައި، އެ ބޭންކްގެ “ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ލައިސަންސް ލިބިފައިވާ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެތެރ...