ކުރިނބީއިން މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ
ހދ. ކުރިނބީއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ޕޮޒިޓިވްވެފައިވަނީ 42 އަހަރުގެ ފިރިހެނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް ވިދާޅުވީ އެމީހާ އަކީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށެވެ. އެމީހާގެ ޕޮޒިޓިވް ނަތީޖާ ލިބުނީ ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ހެދުމުންކަމަށް އަފްރާހް ވިދާޅުވިއެވެ. އަފްރާހް އިތުރަށް ވިދާޅުވީ އެމީހާ އަކީ ކުރިނބީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށެވެ. މިއީ ކުރިނބީއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވި ފުރ...