އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު ނިޔާވެއްޖެއެވެ. 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. އާސިފަކީ ހއ. އުލިގަމަށް ނިސްބަތްވާ ފުލުހެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ފުލުހުން ބުނިގޮތުގައި “ޕޮލިސް ލޯންޗް 57” ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. […]