ރަށްރަށުގައި ވެސް ކެމިކަލް ގުދަންކުރަން ހުއްދަދޭނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ނިންމައިފި
ރާއްޖޭގެ ރަށްރަށުގައި ކެމިކަލް ގުދަންކުރުމުގެ ހުއްދަ ދިނުމުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު، ރައްކާތެރި ހިސާބުތަކަށް އިސްކަންދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ނިންމެވުން ނިންމާފައިވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ސަރުކާރުން މިގޮތަށް ނިންމެވީ ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ވެސް ކެމިކަލް ރައްކާކުރާނެ ތަންތަން ތަރައްޤީކުރުމުގެ ހު...