ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކޭއާރްއެޗްގައި ބަލިމީހުން ބައްލަވަން ފަށްޓަވައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ކުޑަކުދިންގެ ނާރުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދެއްވުމަށް ޑޮކްޓަރަކު ބައްލަވަން ފަށްޓަވައިފިއެވެ. މި ޚިދުމަތް ފަށްޓަވާފައިވަނީ ކުޑަކުދިންގެ ނާރުގެ ބަލިތަކާ ބެހޭ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް، ޑރ. އާމިނަތު އަބޫބަކުރެވެ. ކޭއާރްއެޗުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. އާމިނަތު އަބޫބަކުރު މިހާރު ވަނީ އެ ހޮސްޕިޓަލާއި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ އޯޕީޑީގައި ބަލިމީހުން ބައްލަވަން ފަށްޓަވައި، އައުޓްޕޭޝަންޓް ކޮންސަލްޓޭޝަންތައް ދެއްވަން ފައްޓަވާފައެވެ. އ...