Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ދަރިން ނަމާދުކުރުމަށް އަހުލުވެރިކުރުވުން
Cover Story · Feature Essay

ދަރިން ނަމާދުކުރުމަށް އަހުލުވެރިކުރުވުން

ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލުގެ މޫނުބަލާ ލޯގަނޑެވެ. އެކުދީންނަކީ މިއަދު ކިތަންމެ ކުޑަކުދިންނެއްކަމަކު، މާދަމާ މުޖުތަމަޢާ ޙަވާލުވާން ތިބި ފަރާތްތަކެވެ. އަދުގެ ކުޑަކުދީންގެ ތަޢުލީމާއި ތަރުބިއްޔަތާއި އުޅުމާއި ގުޅުންތަކާއި ސުލޫކު ހަރުދަނާ ކޮށްގެން މެނުވީ އެއްވެސް މުޖުތަމަޢެއްގެ މާދަމާ އުޖާލާއެއް ނުވާނެއެވެ. އަޅުގަނޑުމެންގެ މި ސައްތައިންސައްތަ އިސްލާމީ ދިވެހި މުޖުތަމަޢުގައި، ކުޑަކުދިންނަކީ އިސްލާމީ ފުރިހަމަ ތަރުބިއްޔަތަކުން ތަރުބިއްޔަތުވެފައިވާ ބަޔަކަށް ވުމަކީ ކޮންމެހެން މުހިންމުކަމެކެވެ....

Selected Essays & Island Profiles

ދަރިން ނަމާދުކުރުމަށް އަހުލުވެރިކުރުވުން
Column

އުރީދޫ ހަދިޔާ ފޮށީގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި
Business

އުރީދޫ ހަދިޔާ ފޮށީގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި

މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކުރިއަށްގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ. އުރީދޫ ހެޑްކުއާޓަރުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި، ހަދިޔާ ފޮށީގެ އެންމެ ހާއްސަ އިނާމު، އެޕަލް ވިޝަން ޕްރޯ ވަނީ ހަވާލުކޮށްފައެވެ. މި ހަދިޔާ ލިބިފައިވަނީ އަހުމަދު ފަޔާޒަށެވެ. އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަ ވެސް ވަނީ ހަދިޔާގެ ގޮތުގައި ދީފައެވެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކް ފަދަ އިތުރު ގިނަ އިނާމުތައް ވެސް […]

ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އޭސީސީގެ "ކާތިބު" އެޕް އިފުތިތާހުކޮށްފި
Raajje

ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އޭސީސީގެ "ކާތިބު" އެޕް އިފުތިތާހުކޮށްފި

  އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން ‘ކާތިބު’ އިފްތިތާހުކޮށްފިއެވެ. އޭސީސީގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ “ކާތިބު” އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެއްކަމަށް އޭސީސީން ބުނެއެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަ...

''ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން''
Column

''ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން''

ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ފަރުޟު ޒަކާތާއި އިޤްތިޞާދާހުރި ގުޅުން” އެވެ. މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން، ފަޤީރުކަމ...

ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް
Sports

ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ސިޓީ އެއްވަނައަށް މިސްރާބު ހިފައިފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީ ވަނީ ބްރައިޓަން އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެފައެވެ. މި މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އާސެނަލް އޮތީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ހޯދި 77 ޕޮއިންޓާއިއެކުއެވެ. […]

ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 14:55 ހާއިރުކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި
Raajje

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީކޮށްފިއެވެ. ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ޕާޓީ ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޫކުރި ލިޔުން “އެކްސް” ގައި އާންމު ކުރައްވައިފައެވެ. ޕާޓީގެ މަސްއޫލުވެރިޔަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ. ޕީއެންއެފް ރަޖިސްޓްރީކޮށް ދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލ...

ދިވެހިންނަށް އެކަނި ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
Raajje

ދިވެހިންނަށް އެކަނި ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ

ކ. ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތަށް ހަދައި އެކަމަށް ފުރުސަތު ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ތިލަފުށިން ބިން ވިއްކު...

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާގެ ހާލު ސީރިއަސް، އަދިވެސް ފަރުވާދެނީ އައިސީޔޫގައި
Raajje

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާގެ ހާލު ސީރިއަސް، އަދިވެސް ފަރުވާދެނީ އައިސީޔޫގައި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓުތަކެއް ދިރުވާލި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. މި މީހާއާ މެދުގައި ޝައްކު ކުރެވިގެން މާލެ ތެރެ ޕެޓްރޯލް ކުރި ފުލުހުން އެމީހާ އަތުލައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އެ މީހާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ. މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ އިރު، އޭނާ ދިރުވާލީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ވެސް […]