Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ޝަމާހުގެ ސަސްޕެންޝަން އުވާލައިފި
Cover Story · Feature Essay

ޝަމާހުގެ ސަސްޕެންޝަން އުވާލައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހުގެ ސަސްޕެންޝަން އުވާލައި އިއްޔެ އެކަން ވަނީ އަންގާފައެވެ. ޕީސީބީން މިފްކޯގެ ސީއީއޯ އަދި އެމްޑީ ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ އޭނާ އާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނަސްއާއި ގުޅޭ މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާތީ...

Selected Essays & Island Profiles

ޝަމާހުގެ ސަސްޕެންޝަން އުވާލައިފި
Raajje

އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި
Raajje

އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ އިންތިޚާބީ މެންބަރަކު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން މިއަދު ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ހަ މެންބަރަކު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. މި މެންބަރުންގެ ފޯމާއި ހަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ޕީއެންސީގެ ރައީސް...

ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވެއްޖެ
Raajje

ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވެއްޖެ

ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ. ޝާހިދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދު ވިދާޅުވީ އޭނާގެ މުޅި ހަޔާތުގެ އެންމެ ބޮޑު ބާރަކީ އަދި އެންމެ އިހްލާސްތެރި ލަފާފުޅުތަކާއި ފާޑު ކިއުންތެރިއަކީ ވެސް ބައްޕާފުޅު ކަމަށެވެ. މޫސާ ޖަމީލަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން […]

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ
Raajje

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް މިއަދު 5:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާގެ ލައިސަނ...

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔުގައި ފަރުވާދެނީ
Raajje

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔުގައި ފަރުވާދެނީ

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ރޭގައި ބުނިގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ މީހާއަކީ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށް ފުލުހުން ބުނެފަވެއެވެ. ”މި މީހާގެ އާ...

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
Business

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި މިރޭ ހުޅުވާލައިފިއެވެ. މި ޝޯރޫމް ހުޅުވައިދެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑްއިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެ...

ނަޒޫގެ ނާކާމިޔާބީ އާއި ގުޅިގެން މަހްލޫފްގެ ތުހުމަތާއި ނުރުހުން ފައިސަލްއަށް
Raajje

ނަޒޫގެ ނާކާމިޔާބީ އާއި ގުޅިގެން މަހްލޫފްގެ ތުހުމަތާއި ނުރުހުން ފައިސަލްއަށް

ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ހަމައެކަނި ވަޑައިނުގެންނެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒުރާ ނަސީމް (ނަޒޫ)ގެ ކެމްޕޭނަށް ކަމަށް ވިދާޅުވެ ނަޒޫގެ ފިރިކަލުން އަހްމަދު މަހްލޫފްގެ ނުރުހުން ފައިސަލަށް އަމާޒުކުރައްވައިފިއެވެ. މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މަހްލޫފް ވަނީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުވީ، ނަޒްރާގެ ބޭބެ އަދި ކުރީގެ...

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ
Raajje

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމަށް، ހީނާ ވަލީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހީނާ މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމުގައި ހީނާ ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ހީނާ މި މަޤާމަށް ހަމަޖެއްސުމާއެކު ހީނާ ވެގެން ގޮސްފައި ވަނީ...

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ފުރުޞަތު މިއަދު ހުޅުވާލިއިރު، އެ އިނާމު ދޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް މިއަހަރު ވަނީ އިތުރުކޮށްފައެވެ. އެއީ ދިވެހި ޤައުމިއްޔަތުގެ ދާއިރާ އަދި ދެމިހުންނަނިވި […]