ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން އީސީން ނިންމައިފި
ދުވާފަރު ދާއިރާގެ ހުރިހާ ވޯޓު ފޮށިތަކެއް އަލުން ގުނަންޖެހޭ އެއްވެސް ސަބަބެއް ނެތުމުން އެ ފޮށިތައް ނުގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައި ދިނުމަށް އެދިވަޑައިގެންނެވީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނެވެ. ދުވާފަރު ފޮށިތައް އަލުން ގުނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ […]