އަނެއްކާ ވެސް ހުޅުމާލޭގައި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ
ހުޅުމާލޭގައި ދެ ސައިކަލްޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހައިވޭ ކައިރީ ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީ ކަމަށެވެ. މި އެކްސިޑެންޓްގައި އަންހެނަކާއި، ފިރިހެނަަކަށް އަނިޔާވެގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ މި މަ...