ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދީ 8 މީހުން ޝަހީދުކޮށްލައިފި
ޣައްޒާގެ އުތުރުގައި ހުރި ޙަލީމާ އައްސަޢުދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ޖަހާފައިހުރި ޓެންޓު ހިޔާވަހިކަމަށް އިސްރާއީލުން ހަމަލާދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ އިތުރުން މެދު ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާއެއްގައި ވެސް އިތުރު 5 މީހުން ވަނީ ޝަހީދުވެފައެވެ. ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 33 މީހުން ޝަހީދުވިކަމަށް ޞިއްޙީ ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، ބައިތުލް މަޤުދިސްގެ ބ...