ސަޢޫދީ ވަލީއަހުދާއި ފަރަންސޭސި ރައީސް މެދުއިރުމަތީގެ ހާލަތާމެދު މަޝްވަރާކޮށްފި
ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން މެދުއިރުމަތީގެ ހާލަތާމެދު ހުކުރު ދުވަހު ފޯނުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާގައި އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާއި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ. ސަޢޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ބުނާ ގޮތުގައި، މި ދެ ލީޑަރުން ވަނީ ސަރަހައްދުގެ ހަމަނުޖެހުން ކުޑަކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ...