އުރީދޫއިން ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީ، އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ފޮނުވާ 6 މުވައްޒަފަކު ތަމްރީނުކޮށްފި
އުރީދޫ މޯލްޑިވްސްގެ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކާމިޔާބީ، ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށް ގެންދާކަން ފަޚުރުވެރިކަމާއެކު އިޢުލާންކޮށްފިއެވެ. 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ އަޅުގަނޑުމެންގެ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިފަދަ ތަމްރީނު ފުރުސަތަކީ ރާއްޖޭގެ އެހެން އެއްވެސް ކުންފުންޏަކުން ހޯދައިދީފައިނުވާ ފުރުސަތެކެ...