ރަސްމާލެ މަޝްރޫއުގައި ގާނޫނުން ބޭރު ކަމެއް ނޯންނާނެ، ބިން މިލްކެއް ނުކުރެވޭނެ: ރައީސް
ރަސްމާލޭގައި އީގަލް ހިލްސްއާއެކު ގެންދަން ނިންމާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. މަޝްރޫޢުގެ އެއްބަސްވުމުގެ ތަފްސީލު ދެއްވަމުން...