މޫސުމަށް ކުރިމަތިވެފައިވާ ކާރިސާގެ ކުރީ ސަފުގައި ތިބީ ރެފިއުޖީން: އދ.
ދުނިޔޭގެ މޫސުމަށް ކުރިމަތިވެފައިވާ ކާރިސާގެ ކުރީ ސަފުގައި ތިބީ ރެފިއުޖީން ކަމުގައި އދ. އިންޒާރު ދީފިއެވެ. އދ. ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ރެފިއުޖީންގެ އަދަދު އިތުރުވަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މިހާރުވެސް ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހިޖުރަކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި އަދަދު އިތުރަށް މައްޗަށް ދާކަމަށް ބުނެފައިވެއެވެ. އދ. ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އިން އަންގާރަ ދުވަހު ނެރުނު...