ޗައިނާއަށް އޭއައި ޗިޕް ސަޕްލައި ކުރުން ހުއްޓާލަން އެމެރިކާއިން އަންގައިފި
ޗައިނާގެ ކަސްޓަމަރުންނަށް އެޑްވާންސްޑް ޗިޕްތައް ސަޕްލައި ކުރުން ހުއްޓާލުމަށް އެމެރިކާގެ ވިޔަފާރިއާ ބެހޭ މިނިސްޓްރީން ޓައިވާނުގެ ސެމިކޮންޑަކްޓަރ އުފައްދާ ކުންފުނި ޓައިވާން ސެމިކޮންޑަކްޓަރ މެނުފެކްޗަރިންގ ކޮމްޕެނީ (ޓީއެސްއެމްސީ) އަށް އަންގައިފިއެވެ. މި އެންގުމުގައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން 7 ނެނޯމީޓަރު ނުވަތަ އެއަށްވުރެ އެޑްވާންސްޑް ޗިޕްތައް ސަޕްލައި ކުރުން ހުއްޓާލަން ޖެހޭނެއެވެ. މި އެންގުން އައިސްފައިވަނީ ޓީއެސްއެމްސީ އިން އުފައްދާފައިވާ ޗިޕެއް ޗައިނާގެ ވާވޭގެ އޭއައި ޕްރޮސެސަރ އެއްގައި ބޭ...