ސިލްސިލާ ވާހަކަ: ލޯބިވިޔަސް (13)
ކުރީގެ އަދަދާއި ގުޅޭ، ޒައިނާ މިހާރު ރާއްޖޭގައި ނުހުންނާނެކަން ވެސް ނަދީމްއަށް އެނގެއެވެ. ނަމަވެސް އޭނާއަށް އަދިވެސް ޒައިނާގެ ހިޔާލުތަކުން ދުރަށް ދެވޭ ގޮތެއް ނުވެއެވެ. މާލެ އައި ގޮތަށް ވެސް ޒައިނާގެ ގެ ހުންނަ މަގަށް ދެ ފަހަރަކު ދެވުނެވެ. ފަހަރެއްގައި ވެސް ޒައިނާ އުޅެދާނެ ކަމަށެވެ. ފެނޭތޯއެވެ. ދެ ތިން ދުވަހުގެ ޗުއްޓީއަކަށް ފަހު އަރޫޝާ އޮފީހަށް ނިކުތެވެ. ފުރަތަމަ ވެސް އޭނާއާ ބައްދަލްވީ އާ މޫނަކާއެވެ. އެއީ އާސިފްގެ މަގާމު ހުސް ވުމުން […]