އައު އިސްލާހާއެކު އުވާލާ ޕާޓީއެއްގެ ކުލަ އާއި ނިޝާން ފަސް އަހަރުވަންދެން ބޭނުން ނުކުރެވޭނެ
ސިޔާސީ ޕާޓީއެއް އުވާލާތާ ފަސް އަހަރުތެރޭ އެ ޕާޓީއެއްގެ ކުލައާއި ނިޝާން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުތައް ގެނެސް ފާސްކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ދިއްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. މި ބިލުގައި ވަނީ އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. މިގޮތުން ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލަށް ވެސް ވަނީ ބަދަލުގެންނަން ހުށަހަޅާފައެވެ. ސިޔާސީ [...