ޓިކްޓޮކުން އޭއައި ޕަވާޑް ވީޑިއޯ ޕްލެޓްފޯމެއް ތައާރަފްކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޓިކްޓޮކުން އޭއައި ޕަވާޑް ވީޑިއޯ ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ. ބައިޓްޑާންސްގެ ހިއްސާ އޮންނަ ޓިކްޓޮކްގެ ޖެނެރޭޓިވް އޭއައި ވީޑިއޯ ކްރިއޭޝަން ޕްލެޓްފޯމް، ސިމްފަނީ ކްރިއޭޓިވް ސްޓޫޑިއޯތައް އިޝްތިހާރުކުރާ ހުރިހާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި ލިބޭގޮތަށް ތަޢާރަފްކުރުމުގެ ބޭނުމަކީ ޓިކްޓޮކްގެ އިޝްތިހާރުގެ ވިޔަފާރި ކުރިއެރުވުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަހަރުގެ ކުރީކޮޅު ވޯލްޑް ޕްރޮޑަކްޓް ސަމިޓްގައި ސޯޝަލް މީޑިއާ ޓިކްޓ...