"15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫގައި ފިއުލް ޖެޓީއެއް ހެދުމުގެ ބޭނުމެއް ނެތް"
ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން، 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެތަނުގައި ފިއުލް ޖެޓީއެއް އެޅުމަކީ ބޭކާރު ކަމެއްކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ތެޔޮ ބޯޓު ކަނޑުގައި ބާއްވައިގެން އެ އެއާޕޯޓްގައި ތަރައްގީކުރާ ފިއުލް ފާމަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅިލައިން އެޅުމަށް އެ ރަށު ފަޅުގައި ފިއުލް ޖެޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއީ މިދިޔަ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރ...