ސެވިއްޔާ ބަލިކޮށް ރެއާލް ދެވަނައަށް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ރެއާލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލް މޮޅުވީ 4-2 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ރެއާލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ފުރަތަމަ ހާފުގައި ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މިއީ އޭނާ ރެއާލަށް ހުރިހާ މުބާރާތެއް ހިމެނޭހެން […]