އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލް އައްޔަންކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު އައްޔަން ކުރައްވައިފިއެވެ. މައުރޫފް ޖަމީލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވައިފައިވެއެވެ. ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މ...