ހަށިވިއްކުމުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓްކޮށްފި
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، އޭގެ ތެރެއިން ތިން އަންހެނަކު ޑީޕޯޓްކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ނުވަ ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ. މި ނުވަ ބިދޭސީންގެ ތެރޭގައި ހިމެނެނީ ވިއެޓްނާމުގެ ހަ އަންހެނަކާއި، ޔުގަންޑާގެ އަންހެނަކާއި...